2013-10-12

ރައިވަރު

ކީލިއިދި ވަކަރު ތިޔަ    (  ތިޔަ އިދިކީލި ވަކަރު    )
ނީފިލާދެން ކޮށޭޅިޔަ     ( ޅިޔަ ފިލާންދެން ކޮށޭނީ   )
ޑީނަށަ ވަމުން ވެގެންކިޔަ  ( ވަޑީންނަށެ ކިޔަމަންވެގެން  )
ވީ ފޮރޮއަކުން ތޫނުމިޔަ   ( މިޔަތޫނުވީ ފޮރޮއަކުން    )
ހީވި ނުކުބަސް ދޮގޭރާތި   (  މި ބަސްދޮގޭ ހީނުކުރާތި  )
ރީނޭ މޭސް ޅަފުރާތި     (  ޅަފުރާ މޭސްތިރިންނޭ    )
(ކަންޒުލް އަދަބު،ލަކުޑި ފޮތް)
ދޭހަވާމާނަ: ކަމެއް އެންމެ ފުރިހަމަކޮށް ކުރެވޭނީ އެކަމުގެ ޤާބިލްކަން ލިބިފައިވާ އަދި އެކަން ކުރާނޭ ވަސީލަތްތައް ހުރި މީހަކެށެވެ.



ދޫނުލިބުމުން ތުޅާ      (  ތުޅާދޫ ނުލިބުމުން   )
ދޫވާށިތޯ ފަހެ ކިހާ     (  ފަހެކިހާދޫ ވާށިތޯ    )
ދޫމިލްކް ނުވިޔަސް ހިތާ  ( ހިތާދޫ މިލްކްނުވިޔަސް  )
ދޫނިދޫވެސް ނެތީމާ     ( ދޫނިދޫވެސް ނެތިމާ   )
ދޫގޮއި ގެޔޭ އުޅޭ ހިރުނު  ( ގޮއިދޫ ގޮޔާ ނުރުހިއުޅޭ )
ދޫމަތިމީހު  ތާހިރުނު    ( ދޫމަތި ނުތާހިރު މީހުން  )
(ކަންޒުލް އަދަބު،މުޑަނަ ފޮތް،ރައިވަރު23،ޞަފްހާ152)

ދޭހަވާމާނަ:އަހުލާޤެއް ގޮތެއް ފޮތެއްނެތް މީހަކަށް، އޭނާ ބޭނުން އެއްވެސް ކަމެއް ވާނެހެއްޔެވެ؟  

     
ދޫތަކުންނެ މުޅަ          (  މުޅަދޫ ކަތުންނޭވެ      )
ދޫ އުފަންވީ ތެރަށް ފުޅަ   ( ފުޅަދޫ ތެރަށް އުފަންވީ    )
ދޫނުވާ ދެއްވި ނަމަ ހުޅަ     (  ހުޅަވާދޫ ނުދެއްވިނަމަ     )
ދޫދެވާނަމޭ ގުޅަ          ( ދެވާދޫ ގުޅުވާނަމޭ       )
ދޫދިގަވިފަޅު އިހަށް ގޮތަށް    ( ދިގަދޫ އިހަށް ފަޅުވިގޮތަށް  )
ދޫހަނިމާ ވާގޮތަށް         ( ހަނިމާދޫ ވާގޮތަށް       )
(ކަންޒުލް އަދަބު،މުޑަނަ ފޮތް،ރައިވަރު 24،ޞަފްހާ 152)                                  
ދޭހަވާމާނަ: ތިބާހޭއަރާ ހުންނާށެވެ. މަބޭނުން ކަމެއް ނުކޮށް ދީފިނަމަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަމެވެ.



No comments :

Post a Comment