2009
ވަނަ އަހަރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭއްވުނު އިންތިހާބުތަކަށްފަހު
ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެރަށެއް ތަރައްޤީކޮށް ބަލަހައްޓާނެ
ކައުންސިލަރުންތަކެއް ވަނީ އައްޔަން ކުރެވިފައެވެ. މިދެންނެވި ކައުންސިލަރުންގެ
ސިއްރު ވޯޓުން އެބޭފުޅުންގެ ތެރެއިން ރަށު ކައުންސިލްގެ ރައީސަކު
ހޮއްވަވާފައިވެއެވެ. މި ދެންނެވި މަޤާމު ' ރަށުކައުންސިލްގެ ރައީސްކަން'
އަޅުގަނޑަށް ލިބިއްޖެނަމަ އަޅުގަނޑު މަސައްކަތްކުރާނީ ރަށަކީ ސާފު، ފެހި، އަމާން
ވެއްޓަކަށް ހެދުމާއިއެކު ރަށުގައި ގެވޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު
ކުރުމަށެވެ.
ތަޢްލީމާއި ތަރަށްޤީއަކީ ގުޅި ލާމެހިފައިވާ ދެއެއްޗެކެވެ. ތަޢްލީމީ ފެންވަރު
ރަނގަޅު ރައްޔިތުނަތަކެއް ދިރިއުޅޭ ތަނެއް ނުވަތަ ރަށެއް ތަރަށްޤީގެ މަގުގައި
ދަތުރުކުރާލެއް އަވަސް ވާނެއެވެ. އެހެންކަމުން އަޅުގަނޑު މިމަޤާމާ
ހަވާލުވުމަށްފަހު އެންމެ އިސްކަމެއް ދޭނީ ތަޢްލީމީ ދާއިރާގެ ފެންވަރު ރަނގަޅު
ކުރުމަށެވެ. އެގޮތުނަ ރަށުގެ ރައްޔިތުންގެ އެހީތެރިކަން ހޯއްދަވައިގެން ރަށުގައި
އިތުރު ޕުރީ ސްކޫލެއް އަޅައިދޭނަމެވެ. މިއީ ގިނަ ދަރިވަރުންގެ ތަޢްލީމުގެ ފެށުން
ކަމަށް ވުމާއެކު މިދެންނެވި ޕްރީ ސުކޫލުގައި ކިޔަވައިދެއްވާނީ އެކަމަށް ޤާބިލު
ފެންވަރު ރަނގަޅު ބޭފުޅުންނެވެ. މީގެ އިތުރުން ތަޢްލީމީ ފެންވަރު ރަނގަޅު
ކުރުމަށްޓަކައި ރަށުގައި މަތީ ތަޢްލީމު ޙާސިލްކުރެވޭނެ ކޮލެޖެއް އަޅައިދެވޭތޯ
ހިތްމަތާއެކު މަސައްކަތް ކުރާނަމެވެ.
ސިއްޙީ ދާއިރާއަކީވެސް ރަށުގައި ތަރަށްޤީކޮށް ކުރިއަރުވަން ޖެހޭ
ދާއިރާއެކެވެ. މިކަން މިގޮތަށް ކުރުމަށްޓަކައި ރަށުގެ ސިއްޙީ މަރުކަޒުގެ ޖާގަ
ބޮޑުކޮށް ބަލި މީހުން ތިބުމަށް ވޯޑުގައި އިތުރު އެނދުތަކެއް ބަހައްޓައިދީ،
ޑޮކްޓަރުންގެ ފެންވަރު ރަނގަޅުކޮށް އަދި ބޭސްލިބުމުގައި ދިމާވާ ދަތިތައް އަޅުގަނޑު
ޙައްލު ކޮށްދޭނަމެވެ. އަދި ސިއްހީ މަރުކަޒުގެ އެމްބިޔުލާންސްގައި ކުރެވޭ
ދަތުރުތަކަށް ބަލިމީހާއަށް އެއްވެސް ފީއެއް ދައްކަވަން ނުޖެހޭފަދަ ގޮތަކަށް އެކަން
ހަމަޖައްސައި ދޭނަމެވެ. މިއީ މިކަންކަމުގެ ސަބަބުން ބަލިމީހުންނަށް އެއްވެސް ދަތިކަމެއް
ނެތި ފަރުވާ ހޯދުމަށް މަގުފަހި ކޮށްދޭނޭ ކަންކަމެވެ.
ރަށެއް ތަރަށްޤީކޮށް ކުރިއެރުވުމަށްޓަކައި އެރަށެއްގެ ޒުވާނުން
އަދާކުރަންޖެހޭ ދައުރު ވަރަށް ބޮޑުވާނެއެވެ. މިކަން މިގޮތަށް ކުރުމަށްޓަކައި
އަޅުގަންޑުމެންގެ ރަށުގެ ޒުވާނުންނަކީ ބޭނުންތެރި ޤާބިލު ބަޔަކަށް ހަދާނަމެވެ.
ޒުވާނުން އެކިއެކި އިޖްތިމާޢީ މައްސަލަ ތަކާމެދު ހޭލުންތެރި ކުރުވައި އެމީހުންނަށް
އެކިއެކި މަސައްކަތާއި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގުރާމްތައް ރާވައި
އިންތިޒާމްކޮށް ކުރިއަށް ގެންދާނަމެވެ. އެއްވެސް ޒުވާނަކީ މުޖުތަމަޢަށް ބޭނުންނެތް
މަސައްކަތެއް ނުކުރާ މީހަކަށް ވިޔަކަ ނުދޭނަމެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ
ޒުވާނުންގެ އެހީގައި ރަށް ތަރަށްޤީވެ ކުރިއަރައި ދާނެއެވެ.
މިއަދުގެ މުޖުތަމަޤުގައި ޒުވާނުންނަށް ކުރިމަތިވެފައިވާ އެއްމެބޮޑު
މައްސަލައަކީ މަސްތުވާ ތަކެއްޗެވެ. މި ނުރައްކާތެރި ވަބާގައިޖެހި މާރާމާރީފަދަ
ކުށްތަކަށް އަރާގަނެއެވެ. އަޅުގަނޑު ރަށުކައުންސިލްގެ ރައީސްގެ މަޤާމުގައި ހުރެ
މިކަން މިގޮތަށް ވިޔަކަ ނުދޭނަމެއެވެ. ރަށް އމާންތަނަކަށް ހެދުން މިއީ އަޅުގަނޑުގެ
މައިގަނޑު އެއް ' ވިޝަން' ކަމުގައި ހަދާނަމެވެ. ރަށުގައި ކުށްކުރާ މީހުންނަށް
އެކަށީގެންވައި އަދަބު ދިނުމުގައި ފުލުހުންނަށް އެހީތެރިވެދީ އެކަމަށް ބާރު
އަޅާނަމެވެ. ރަށުގެ މަގުތަކުގައި އެއްވެސް ބިރެއްނެތި އެންމެންނަށް ހިނގާ ބިނގާވެ
އުޅެވޭނެ މަގު ތަނަވަސް ކޮށްދޭނަމެވެ.
ރަށުކައުންސިލް ރައީސްކަން ލިބިއްޖެނަމަ ދެން އަޅުގަނޑު ކުރައްވާނެ
އެނެއްކަމަކީ ރަށް ސާފުކޮށް ފެހިތަނަކަށް ހެދުމެވެ. ރަށް ސާފުކޮށް
ބެލެހެއްޓުމަށްޓަކައި ހަ މެންބަރުންގެ ކޮމެޓީއެއް އެކުލަވާލައި، މުސާރަދީގެން
އެބޭކަލުންގެ ބެއްލެވުމުގެ ދަށުން އެކަން ކުރިއަށް ގެންދާނަމެވެ. މިއީ މިކަމުގެ
ސަބަބުން ރަށުން މަދިރި މަދުވެ، ތަފާތު ބަލިތަކުން ރައްޔިތުން ސަލާމަތްކޮށްދޭނެ
ކަމެކެވެ. ރަށް ފެހިކުރުމަކީ އަޅުގަނޑުގެ އެނެއް ވައުދެވެ. ރަށުގައި ހިޔާލިބޭފަދަ
ގަސްގަހާއި ރުއް އިންދައި މުޅިރަށް ތިމާވެއްޓާއި ރައްޓެހި ފެހި މަންޒިލަކަށް
ހަދައިދޭނަމެވެ.
ކޮންމެއަކަސް މިއަލިއަޅުވާލެވުނު ހުރިހާކަމަކީވެސް މިވަގުތު ރަށަށް ނުހަނު
ބޭނުންތެރި ކަންކަމެވެ. އެހެންކަމުން އަޅުގަނޑު ރަށު ކައުންސިލްގެ ރައީސްގެ މަޤާމް
ފުރުއްވާ 5 އަހަރަކީ ރަށަށް ތިޔާޤިކަމާއި ކުރިއެރުން ލިބޭނެ 5 އަހަރެވެ. ރަށުގެ
ރައްޔިތުންނަށް ފަސޭހައާއި ހިތްހަމަޖެހުން ލިބޭނެ 5 އަހަރެވެ.
No comments :
Post a Comment